ހަބަރު

ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު 9.8 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހުގެ ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު 9.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާޗް މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކޮށްފައި ވަނީ 3,010,496 ރެ އެވެ. މިއީ 9.8 ޕަސެންޓް އިތުރު ވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭގައި އެވްރެޖް އޮކިއުޕެންސީ ރޭޓް ހުރީ 75 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 0.6 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓަކު ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6.2 ދުވަހެވެ.

އެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 162,843 މީހުން ރާއްޖެ އައެވެ.