ހަބަރު

ދެ ބިދޭސީއަކު ޖަލުގައި މާރާމާރީ ހިންގާ އެކަކު ޒަހަމްކޮށްލައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ބަންގްލަދޭޝް ދެ ގައިދީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި އެކަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ ސަރުކާރުގެ މައި ޖަލުގައި ހިނގި އެ މާރާމާރީގައި ޒަހަމްކޮށްލައިފައި ވަނީ 31 އަހަރުގެ މީހެއް ކަމަށެވެ.

އަދި ބުނީ މާރާމާރީގައި އަނިޔާ ޒަހަމްވި އެ މީހާގެ މޭމަތީގައި ފައިން ޖެހުމުގެ ސަބަބުން އޭނާގެ އަނގައިން ލޭ އައިސްފައިވާ ކަމަށާއި ބިދޭސީ އެ މީހާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަަށެވެ.

މާފުށީ ޖަލުގައި ހިނގި މި މާރާމާރީގެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.