މިހެންވެ މިއުޒިކްގެ ދާއިރާގައި ފާހަގަކޮށްލެވޭ ޒުވާން މިއުޒީޝަން މުހައްމަދު ސާދިން (ދިންބެ) ގެ ވާހަކަ ދަައްކަން ޖެހެ އެވެ. ރައްޓެހިންނާއެކު އޭނާ ހެދި "ލިއޯވިލް" ބޭންޑު ހުއްޓުމެއްނެތި އިއްވައިދޭ ރިސޯޓް މިއުޒިކުގައި ރާގާއެކު ގެނެސްދެެނީ ދިވެހިވަންތަ ޅެންބައިތުތަކެވެ. އަަމިއްލައަށް ޅެން ލިޔުމާއި އަަމިއްލަ ރާގު އޭނާ ގެނެސްދޭ އިރު، އެންމެ ފަހުގެ ލަވަވެސް ތަފާތުވެފައި ސަޅިވީމަ އެވެ.
މި ލަވައިން ގެންގޮސްދެނީ ރާއްޖޭގެ ގޮނޑުދޮށުން ފެންނަ ނޫކުލަ އާއި ރިހި ކުލަައިގެ ރެދަން އަލީގެ ތެރެއަށެވެ. އެ އަލީގައި އަތިިރިމަތިން ފާޅުވަނީ ރީތި އަންހެން ކުއްޖެއްކެވެ. އެއީ ވަރަށް ފުރިހަމަ ރީތި ކަމެކެވެ. ވަކި މޫސުމެއްގައި ގޮނޑުދޮށަށް ރާޅު ބީއްސާލާއިރު ފެންނަ ރެދަންގަނޑުގެ އަޖައިބު ކުރުވާ ކުލަަތަކުގައި ރޫހީ ބާރެއް ހުންނަ ކަމަށް ދިންބެ މި ލަވައިގައި ބުނެ ދެ އެވެ.
"މި ލަވައިގައި ބުނާ އަންހެން ކުއްޖާ ފާޅު ވަނީ ރެދަންލީމާތޯ ނުވަތަ، އެ އަންހެން ކުއްޖާ ފާޅުވީމަތޯ މޫދުގައި ރެދަން ލަނީ މި ސުވާލަށް ޖަވާބުދޭނީ ބެލުންތެރިން. މި ލަވައިގައި ކުރާނެ އެ ސުވާލު. މުޅި ލަވައިގަ ވެސް ދައްކާނީ އެ އަންހެން ކުއްޖާގެ ވާހަކަ!"
ދިންބެ އާއެކު މި ލަވަ ކިޔާފައިވާ އަންހެން ފަންނާނަކީ ފަތްމިނި ބޮޑުބެރު ގްރޫޕުން މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ރިޝްމާ ޒުބައިރާއި އައިމިނަތު ޒީޝާނެވެ.
އަމިއްލަ ހިޔާލުގެ މައްޗަށް "ރެދަން" އުފައްދާފައިވާއިރު، އިތުރު ފުރިހަމަކަމެއް ގެނަައުމުގެ ގޮތުން ދިންބެގެ އަމިއްލަ ރަައިވަރެއް ވެސް ހިމެނި އެވެ. ރައިވަރު ހެދުމަށްފަހު، ރައިވަރުގެ އުސޫލާއި ހަމަތަކަށް ފެތޭތޯ ބަލަން އެ ފަންނުގެ ބޭފުޅުން އަރިހަށް ދިއުމުން އެ ރައިވަރަށް ތައުރީފު ކޮށްފައި ވެއެވެ.
" މި ލަވަ މިއީ އަަސްލަށް ރެދަން ލާފަައި ހުއްޓަ ފެނިގެން އެ ތަޖުރިބާއަަކަށް ބަލައިގެން ހެދި ލަވަ އެއް. އަަމިއްލަ ދަތުރެއްގައި ނައިފަރަށް ގޮސް ހުއްޓާ މޫދުން ރެދަން ފެނި އެކަން ވަރަށް ތަފާތު ކަމަކަށްވީ. ދުވަހަކުވެސް ނުފެންނާތީ ގޮސް މޫދުގައި ފައި ކާއްތާ ވެސް ހެދިން. އެކަހަލަ ގޮޮތަކަށް މި ހިޔާލު އައީ. އެ ދަަތުރުގައި ފެނުނު ރެދަންގަނޑުން،"
މިއުޒިިކީ އާއިލާއަކަށް އުފަން ދިންބެގެ ރިސޯޓު މިއުޒިކުގެ ޕްލޭ ލިސްޓްގައި މި ލަވަ ވެސް މިހާރު ހިމަނައިފި އެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ ރުކުމާ އައްޔެގެ ދަރިފުޅު، ދިންބެ ބުނި ގޮޮތުގައި ލަވައިގެ ރާގު އެންމެ ފުރަތަމަ ހެދީ މިދިޔަ އަަހަރު ގިލިލަންކަަންފުށީގައި ދިން މިއުޒިކް ޝޯއެއްގެ ތެރޭ ލަވަ ކުޅެން އިނދެގެނެވެ. ދިންބެގެ ބޭންޑުގައި ކުރިންސުރެ ހިމެނޭ އަހްމަދު ޝަމާމް ޝަރީފްް (ޝަމްބެ) މި ލަވައަށް ބެރު އަޅައިދީ، ތަސް އާއެކު ހާމަނީ ވެސް ފުރިހަމަކޮށް މިހާރު މި ލަވަަ ބެލުންތެރިންނަށް މިއުޒިކް ޕްލެޓްފޯމް ތަކަށް ވަނީ ދޫކޮށްލާފަ އެވެ.
ރެދަން ލަވައިގެ ލިރިކްސް ވީޑިއޯ އާއްމުކުރި ނަމަވެސް އަސްލު ވީޑިއޯ ފެންނާނީ އަދި ފަހުންނެވެ.
"ކުރީގެ ފޯކްްލޯރު ވާހަކަތަކުގައިި ވަރަށް ގިނައިން ދައްކާނެ ރީތި ކުއްޖެއްގެ ސިފައިގައި އަންހެން ކުދިން އައިސް ބައްދަަލުވެ އުޅޭ ވާހަކަ. ރަނގަޅަށް ބަލާލާއިރު މިއީ އަސްލު ކުއްޖެއް ކަމެއް ރޫހާނީ އެއްޗެއް ކަމެއް ނޭނގޭ. ގިނަ ފަހަރަަށް އޮންނަނީ ހަންޑިއަކަށް ވެފައި. އެކަހަލަ ނުސީދާ ވާހަކަތަކެއް މީގަ ކިޔައި ދެނީ"