ހަބަރު

ފިތުރު ޒަކާތް ބަލަައިގަންނަން ފަށައިފި

މި އަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9.15 އިން މެންދުރު 1.00 އަށެވެ.

މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާބެހޭ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް ވެސް އެ މިނިސްޓްރީން މިދިއަ ހަފްތާގައި ވަނީ ބުނެފަ އެވެ.

އެގޮތުން، ވިލިމާލޭން ފިތުރު ޒަކާތް ބަލައިގަތުން ސިޓީ ކައުންސިލްގެ ވިލިމާލޭ ޔުނިޓުން ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެ ސިޓީގެ ކޮމިޔުނިޓީ ސެންޓަރުންނެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭ ރައްޔިތުންގެ ޒަކާތު އަގުތައް
އާދައިގެ ހަނޑޫ - 15 ރުފިޔާ
ތައިލަންޑު ހުދު ހަނޑޫ - 45 ރުފިޔާ
ބާސްމަތީ ހަނޑޫ - 95 ރުފިޔާ
ރަތް ހަނޑޫ - 75 ރުފިޔާ
އާދައިގެ ފުށް - 15 ރުފިޔާ
އާޓާ ފުށް - 60 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ އަހަރެއްގެ ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގައި އާންމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގު ކަމަށެވެ.