ރައީސް އަމީންގެ ރެސިޕީ

ރައީސް އަމީންގެ ރެސިޕީ: ފުފުލު ފަނި

ބޭނުންތަކެތި

ފުފޫ
ހަކުރު

ކައްކާނެގޮތް

އެންމެ ފުރަތަމައިން، ފުފޫފޮތި ކުރައްވައި، ކަރުނަންގަވާށެވެ. ތުނިކޮށް ޅިޔަ އަޅުއްވައިގެން، ތުނިކޮށް ކޮއްޓަވައިލައްވާށެވެ. ތެލިބުރިއެއްގައި ފެންފޮދެއް އުއްދަވާށެވެ. ރަގަޅަށަށް ކެކިގަތުމަށްފަހު، ފުފޫތައް އަޅުއްވަވައިލައްވާށެވެ.

މަޑުވީމާ، ތެލިބުރި ބާލުއްވަވާށެވެ. ފުފޫތައް ލުއްސަވައިލައްވާށެވެ. ފޮނިމިން، ބަހައްޓާން ބޭނުންފުޅު ވިންވަރަކަށް ފަނި ގިރުއްވަވާށެވެ. ފަނިފޮދު ފުރާނުއްވާށެވެ. ތެލި ބުރި އަކަަށް އަޅުއްވައި އުދުން މައްޗަށް އުއްދަވާށެވެ. އޭގެ ތެރެއަށް ފުފޫތައް އަޅުއްވައިލައްވާށެވެ. ރަގަޅަށް ކެކި ރޯފިލުމަށްފަހު، ބާލުއްވާށެވެ.