އެމްއެންޑީއެފް

ޑީސަލް ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ހުއްޓުވައިފި

0%
0%
0%

އެމްއެެންޑީއެފާއި ފުލުހުންނާއި ފަށާފައިވާ އޮޕަރޭޝަނުގައި ކޯސްޓްގާޑުން އުޅަނދުތަކުގެ މޫވްމެންޓް ބަލާ ޗެކްކުރުމުގެ ތެރެއިން 6000 ލީޓަރުގެ ޑީސަލް ބަރުކޮށްގެން ދިޔަ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހިފެހެއްޓި ތެ ދޯންޏަކީ އައްޑު އަތޮޅު ހުޅުމީދޫގެ ފެނަކައ އޮފީހަށް ތެޔޮ ހިފައިގެން ދިޔަ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނި ދަތުތުކުރަމުން ދިޔައިރު ދޯނީގައި އެއްވެސް ދިވެއްސަކު ނެތް ކަމަށާއި ދޯނީގައި ތިބި ބިދޭސީންނަށް އެ ދޯންޏަށް ކިޔާ ނަންވެސް ނޭނގޭ އިރު އޭގައި ތިބި ދެ މީހުންގެ އަތުގައި ވޯކް ޕާމިޓާއި ދޯންޏާބެހޭ އެއްވެސް ލިޔެކިޔުމެއްވެސް ނެތް ކަމަށެވެ.

އެ ދޯނީގެ ކެޕްޓަން އެވަގުތު ހުރީ ހުޅުމީދޫގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. ދޯނި ހުއްޓުވުމަށްފަހު ދޯންޏާއި، ދޯނީގައި ތިބި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. ދޯނި މަވަގުތު އޮތީ ސ. ފޭދޫ ބަނދަރުގަ އެވެ.

ޑީސަލްގެ އިތުރުން އެ ދޯނީގައި ފިހާރައަކަށް ގެންދާ އައިސް ކުކުޅުވެސް ހުއްޓެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345