އެކްސިޑެންޓް

ތިނަދޫގެ އެކްސިޑެންޓެއްގައި ގެއެއްގެ ފާރު ވެއްޓިއްޖެ

May 23, 2019
1

ގދ. ތިނަދޫގައި މިއަދު ހިގި އެކްސިޑެންޓެއްގައި ގެއެއްގެ ފާރު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު އެކްސިޑެންޓެއް ހިނގީ އެ ރަށުގެ ގާޒީ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކާރަކުން ނެއްޓެން ވެގެން އުޅުމުގެ ތެރޭގައި ކަމަށެވެ.

މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިނަމަވެސް އެކްސިޑެންޓްގައި ހިމެނޭ ކާރު ޖެހުނު ފާރުގެ ބޮޑު ބައެއް ވަނީ ގޭގެ ގޯތި ތެރެއަށް ވެއްޓިފަ އެވެ. އަދި އެ ކާރުގެ ބަމްޕަރު ވެސް ވަނީ ނެއްޓިފަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގާ އެވެ.

އެ އާޕޯޓްގައި އެކްސިޑެންޓެއް ހިނގީ ޓެކްސީގައި ދާ މީހުން ބާލަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ޓެކްސީއެއް މަޑުކޮށްގެން އޮއްވައި އެމްއޭސީއެލްގެ ތެޔޮ ބައުޒަރެއް ފަހަތުން އައިސް ޖެހިގެންނެވެ.