މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުމެއް ނުދެން، ދެގެއަށް ވަނީ ދަނގަޑު ދޮރު ކީހާލައިގެން: ޕޮލިސް

ސެކިއުރެޓީ ހައިކޮށްގެން މަސްތުވާތަކެތި ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރަމުން ދިޔަ މައްސަލައިގައި ބަލައި ފާސްކުރިއިރު އެއްވެސް ގެއަކަށް ގެއްލުން ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިއްޔެ ބަލައި ފާސްކުރި ދެ ގެއަކީ ވެސް ދަގަނޑު ދޮރު ބޭނުން ކޮށްގެން ބަންދު ކޮށްފައިވާ ދެ ގެއަށް ވުމުން، އެ ދެގެއަށް ވަންނަން ޖެހުނީ އެ ދަނގަޑުތައް ކީހައިލައިގެން ކަމަށެވެ. އަދި އެގޮތަށް ދަނގަޑު ދޮރު ބޭނުން ކުރަނީ ފުލުހުން މަސްތުވާތާ ތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

ދެ ގެއަށް ފުލުހުން ދިން ގެއްލުން ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއަކީ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. މި ދެ ގެ ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 81 ރަބަރު ޕެކެޓް ވަނީ ފެނިފަ އެވެ. އަދި 37 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.