ކާށިދޫ

ކާށިދޫގެ މި އަބާދީއަށް އިތުރު ހިމާޔަތް ބޭނުން!

ކާށިދޫން: އައިޝާ އަޝްރަފް
Jun 8, 2019
2

ކާށިދޫގެ އިހުގެ ވާހަކަތަކާ ގުޅިފައިވާ ޒަމާންވީ ވާހަކައެއް ވެސް އޮވެ އެވެ. އެރަށުގައި އެންމެ ފުރަތަމަ މީހުން އުޅެންފެށީއްސުރެ އެރަށުގައި ދިރިއުޅުނު އަދި މިހާރުވެސް ދިރިއުޅޭ ކަންޒުކަހަންބުތަކުގެ ވާހަކަ އެވެ. މި ރަށުގަައި ހުންނަ ކުރުހިިންނަ ތަރާގަނޑުގެ ބުޑިސްޓް ފައްޅިއާއެކު އޭރުއްސުރެ ކާށިދޫގައި ކަންޒުކަހަނބުތައް އުުޅޭ ކަމަށް ތާރީހީ ބޭފުޅުން ވިދާޅުވެ އެވެ. އޭގެ ހެކިތަކެއް ކަމަށް ބުނަނީ ތަރާގަނޑު ދިރާސާ ކޮށް ބެލުމުގެ ތެރޭގައި އާދަަޔާ ހިލާފަށް ބޮޑު ކަންޒުކަަހަނބެއް އެތަނުން ފެނުނު ތަކެތީގެ ތެރޭގައި ހިމެނުމެވެ.

މިހާރު ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަންޒުކަހަނބުގެ އާބާދީގެ ބޮޑުބައި އޮތީ ކާށިދޫގަ އެވެ. މިރަށުގެ ޗަކަ، ޗަސްބިންތަކުގައި ކަންޒުހަނބުތައް އުޅެ އެވެ. ރަށުގެ މައި މަގުގެ ދެފަރާތަށް އޮންނަ ދެ ޗަސް ބިމުގައި ދަނޑުބިންތަކުގެ މަސައްކަތް އޮންނަ އިރުު އެ ދިމާލުގައި ވެސް ގިނަ އަދަދަކަށް ކަންޒުކަހަނބުތައް އުުޅެ އެވެ. އަދި މި ރަށުގައި ކޮންމެ ރެއަކު މީހުން ނިދަން ގޭގެއަށް ވަނުމުން އެސޮރުމެން ހޮރު ހޮރުން ނިކުމެ މަގު ހުރަސްކޮށް ދިމަ ދިމާއަށް ދަތުރުކޮށް ހަދަ އެވެ.

ކަންޒުކަހަނބުގެ ބޮޑު ބައެއް އުޅޭ ކާށިދޫގެ ބިންތަކުގައި މިހާރު ވަނީ ދަނޑުވެރިކަމުގެ މަސައްކަތް ފަށާފަ އެވެ. އޭގެ ބައެއް ސަރަހައްދުތަކުގައި ދަނޑުބިންތައް ހައްދާފައިވާ އިރު ކަންޒުކަހަނބު އުޅޭ އަސްލު މާހައުލު އެއްކޮށް ފޮހެވި ނެތި ދާ ކަމުގެ ހެކިތައް ރަށުން ފެންނަ ކަމަށް މި ރަށުގެ ބައެއް މީހުން ބުނެ އެވެ.

މި ރަށުގެ ބޮޑު މަގުން އާއްމުކޮށް އެކިވަރުގެ ކަންޒުކަހަނބުތައް ފެނުނު ކަމުގައި ވިޔަސް މީހުން އުޅޭ ހިސާބުން މިހާރު ފެންނަނީ މަދުންނެވެ. އެކަމަކު އާއްމުން އުޅޭ ގޭގެއާ ކައިރިން ވެސް ފެނެ އެވެ.

"މި ރަށުގައި އެވަރަށް ކަންޒުކަހަނބު އޮންނަ އިރުވެސް، އެކަކުވެސް އެއިިން އެއްޗަަކަށް ގޯނާއެއްކޮށް އަނިޔާ ދީ ނަހަދާނެ. މީގެ ކުރިން މިރަށު ގޭގޭގައި ކަންޒުކަހަނބު ގެންގުޅޭ. މިހާރު އޭއްޗެހި ގޭގެ ޓޭންކުތަކުން ވެސް ވަރަށް ނުފެނޭ. މިހާރުވެސް ދަނޑުތައް ހައްދާފަައި ތިބޭ އިރު އެތާ ފެން ހޮރުތަކުން ހެނދުނު ވެސް ފެންނާނެ" މި ރަށުގެ ދަނޑުވެރިޔަކު ބުންޏެވެ.

މި ރަށުގެ ކަންޒުކަހަނބުގެ މި އާބާދީ އޮޮތް އިރު މިރަށުގައި ފަށައިގެންފައިވާ ގެސްޓް ހައުސް ވިޔަފާރިން ފަތުރުވެރިންގެ މެދުގައިވެސް މިއީ މަގުބޫލު އެއްޗެކެވެ. ފަތުރުވެރިންނާއި ކަންޒުކަހަނބާ ބެހޭ ގޮތުން ދިރާސާތައް ކުރަން ބޭރުން ވެސް މީހުން އަންނަ ކަމަށް އެރަށުގައި ގެސްޓުހައުސް ވިޔަފާރި ކުރާ ބައެއް މީހުން ބުންޏެވެ.