އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން އާއްމު ކޮށްފައިވާ ޗާޓުން ދައްކާ ގޮތުން މިރޭ 7:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ދަންވަރު 12:00 އާ ހަމައަށް ބޮޑުތަކުރުފާނު މަގު، މަސްވެރިން ޕާކުން ފެށިގެން ގޮސް ދަތުރުވެރިން މާރުކޭޓާ ހަމައަށް ވަނީ ބަންދު ކުރަން ނިންމައިފަ އެވެ.
ބަންދު ކުރާ ސަރަހައްދުތަކުގެ އިތުރުން ބައެއް މަގުތަކުގައި ޕާކުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން ބަންދު ކުރާ ސަރަހައްދާއި ގްރީން ޒޯން ސަރަހައްދުގެ އިތުރުން އަމީރު އަހުމަދު މަގާއި މެދުޒިޔާރަތް މަގު ހިމެނެ އެވެ.