ހަބަރު

މަގުމަތިން ފުރައްސާރަކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Jun 11, 2019
5

މިދިއަ ހަފުތާގެ ތެރޭ މާލޭގެ މަގުމަތީން ޒުވާން އަންހެނަކާ ދިމާކޮށް ފުރައްސާރަކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މާލޭ މަގުމަތިން އަންހެނަަކަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.

އަންހެން މީހާއަށް އެ ފިރިހެން މީހާގެ ފަރާތުން ފުރައްސާރަ ކުރިމަތިވި އިރު އެ މީހާއާ ގުޅުން ހުރި އެފަދަ އެހެން މައްސަލައެއް ފާހަގަ ވެފައިވާ ކަމަށާއި އެފަދަ ފަރާތެއް ވާނަމަ ފުލުހާ މައުލޫމާތު ހިއްސާ ކުރުމަށެވެ.

ޒުވާން އަންހެން މީހާއަށް ފުރައްސާރަކުރި މައްސަލައިގެ ވާހަކަ އާއި ފޮޓޯ ހިމެނޭ ގޮތަށް ވިޑިއޯ އޭނާ ފުރަތަމަ ދޫކޮށްލީ ޓްވިޓާއަށެވެ. އޭނާއަށް ފުރައްސާރަކުރީ މާލޭގެ އޭޑީކޭ ކައިރިންނެވެ. އެ މީހާ ފުރައްސާރަ ކުރަމުން ސްކޫޕާ ހަމައަށް ދިޔަ ކަމަށް ވެއެވެ. ފުލުހުން ވަނީ އެފަދަ މައްސަލަތައް ވީހާ ވެސް އަވަހަށް އެ އިދާރާގެ ސަމާލު ކަމަށް ގެނައުމަށް އެދިފަ އެވެ.