ފޭރުން

ވަޅިން ބިރު ދައްކައި ފޭރިގެންފި

Jun 12, 2019
1

މިއަދު މާލޭގައި މީހެއްގެ އަތުން ފޭރުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހެނދުނު 8:00 ޖަހާ އެހާކަންހާއިރު ފާށަނާކިލެގެ މަގުން ދިޔަ ބިދޭސީއެއްގެ އަތުން ފޭރުނީ އޭނާއަށް ވަޅިން ބިރު ދެއްކުމަށްފަހުގައި ކަމަށެވެ.

ބިދޭސީ މީހާ އަތުން ފޭރުނު މީހާ ހުއްޓުވީ އެ މަންޒަރު ފެނުނު ފުލުހަކު ގޮހެވެ. އެ މީހާ ހައްޔަރު ކުރީ އޭނާ ފޭރުނު ތަކެއްޗާއެކު އެވެ. ބިދޭސީ މީހާގެ އަތުން ފޯނަކާއި 1000ރ. ފޭރިގެންފައި ވެއެވެ.