ހަބަރު

ފާމަސިސްޓަކަށް ބިރުދައްކާ ސިރިންޖުތަކެއް ފޭރިގެންފި

އދ. މަހިބަދޫގައި ބިދޭސީ ފާމަސިސްޓަކަށް ބިރު ދައްކައި ފޭރުނު
0%
0%
0%

ބިދޭސީ ފާމަސިސްޓަކަށް ތޫނު އެއްޗަކުން ބިރު ދައްކައި އޭނާ މަސަކަތް ކުރާ ފާމަސީން ސިރިންޖު ތަކެއް ފޭރިގެންފި އެވެ.

ފުލުހުން ބުނީ އދ. މަހިބަދޫގެ ފާމަސީއެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ފާމަސިސްޓަކަށް ރޭ ބިރު ދައްކާފައިވާ ކަމަށާއި ރޭގެ އެ ހާދިސާގައި ބިދޭސީ އެ މީހާއަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު އެ ފާމަސީން ތިން ސިރިންޖު ފޭރިގެންފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އެ ރަށުގެ މަގުމަތީން ހުއްޓުވައި މީހަކު ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރުކުރި އިރު ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުން މަސްތުވުމަށް ވަރަށް ގިނައިން ހަށިގަނޑަށް އިންޖެކްޓްކޮށްގެން މަސްތުވެ އެވެ. މަސްތުވުމަށް މީގެ ކުރިން ވެސް ފާމަސީތަކުން ސިރިންޖް ފޭރުމުގެ ހާދިސާތައް ރާއްޖޭގައި އައިސްފައި ވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވަސީ

މިހެންވާން މިޖެހެނީ 200 އެއްހާމީހުން ތިބޭ ރައްތަކުގައިވެސް، ކަންކަން ނުބެލެހެއްޓޭކަން.. މިގައުމުގަ ބޮޑުމުސާރަދީގެން ކަންކަމާ ހަވާލުވެ ތިބޭމީހުންނަ އެކަންކަން ނުވާނަމަ ދެން ވެސް ރަށުތެރެއިން ބަޔަކު ނިކުމެ މިކަން ހުއްޓުވަން ވެއްޖެ..

މަރީޔަ

ނަންވެސްް ޖަހާލާނަމަދޯ.މަހިބަދޫ އަކީ ފާޅުގާ ޑުރަގް ބޭނުންކުރާ ރަށެއް..

މަހޭޝް

ތީ މިސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެއް ނޭނގޭތޯ ފޭރިގަތުމުގެ ވަޢުދު ފުދިއްޖެއޭ ކިޔާ ލިޔެބަލަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345