ވަންވޭ އެއްގައި އިދިކޮޅަށް ދުއްވާފައި ދިޔަ ބިދޭސީއަކު ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ. އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 12:00 ޖަހާ އެހާކަންހާއިރު މާލޭގެ މޫންލައިޓް ހިނގުމުގެ އިތުރު ދެކުނަށް ދުއްވަން ޖެހޭ ލޭނުގައި ގަވައިދާ ހިލާފަށް ދެކުނު އުތުރަށް ސައިކަލެއް ދުއްވާފައި ދިޔަ ކަމަށާއި އެ ސައިކަލު ގޮސް ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
އެ ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ބިދޭސީއެކެވެ،. އޭނާގެ އަތުގައި ލައިސެންސް ނޯވެ އެވެ.