ހަބަރު

އެމްޑީޕީގެ "ކޮމާންޑަރު" މަރުވެއްޖެ

Jun 19, 2019
2

އެމްޑީޕީގެ މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީގައި ހަރަކާތްތެރިވާ އަދި އެމްޑީޕީގެ "ކޮމާންޑަރު" ގެ ގޮތުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ އާދަމް މޫސާ މަރުވެއްޖެ އެވެ.

އާދަމް މުސާ މަރުވީ އިންޑިއާގެ ޓްރެވެންޑްރަމްގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު އެވެ. އޭނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. އޭނާ ފަރުވާ ހޯދަމުން އައީ ކޮން ބައެއްޔެއްގައި ކަމެއް ނޭނގެ އެވެ.

އާދަމް މޫސާއަކީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގެ ކުރީ ސަފުގައި ރީނދޫ ކުލަގެ ގަމީހެއް ލައި ހެޑް ފޯނަކާއި ތޮއްޕެއް އަޅައިގެން ކޮމާންޑަރެއްގެ ގޮތުގައި ފެނިގެންދިޔަ އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދުގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީއިން ކުރި ގިނަ މުޒާހަރާތަކުގައި އެންމެ ކުރީސަފަށް ނުކުމެފަ އަޑު އުފުލައި މުޒާހަރާކޮށްފައެވެ. އަދި ބައެއް މުޒާހަރާތަކުގައި އޭނާއަށް އަނިޔާވެފައި ވެއެވެ.

ކޮމާންޑަރު އާދަމް މޫސާ މަރުވުމާއި ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި ގިނަ މެންބަރުން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ