މިދިޔަ ރޯދަމަހު ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑްރާމާ "ނަކަލު" ހޮވައިފި އެވެ.
ޕީއެސްއެމްގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑްރާމާ އަށް ވަނީ އެންމެ މޮޅު ފިލްމާއެކު 10 އެވޯޑު ލިބިފަ އެވެ. އެއާޕޯޓްސް ކުންފުންޏާއެކު މި އަހަރުގެ މުބާރާތުގައި ތިން ކުންފުންޏަކުން ބައިވެރިވި އެެވެ. އެއީ ކަސްޓަމްސް އިން ގެނެސްދިން (މަރު) އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނެސްދިން (ނަމަ) އެވެ.
ވަނަތައް ލިބުނު ފަރާތްތައް
- އެންމެ މޮޅު ޑްރާމާ: ނަކަލު، އެމްއޭސީއެލް
- އެންމެ މޮޅު ފިރިހެން އެކްޓަރު: އަހުމަދު ޝަމްއާން ނަޒީހު - ނަކަލު
- އެންމެ މޮޅު އަންހެން އެކްޓަރު: އާއިޝަތު ކައުސަރު ރަޝީދު - ނަކަލު
- އެންމެ މޮޅު ޑައިރެކްޓަރު: އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) - ނަކަލު
- އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރު: އަބްދުﷲ މާހިރު - ނަކަލު
- އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރު: ފާތިމަތު މީނާޒު - މަރު
- އެންމެ މޮޅު ފިރިހެން ނިއުކަމާ: އަހުމަދު ޝަމްއާން ނަޒީހު - ނަކަލު
- އެންމެ މޮޅު އަންހެން ނިއުކަމާ: ފާތިމަތު ހަނީފާ - ނަކަލު
- އެންމެ މޮޅު ސްރީންޕްލޭ: މުއުމިން ފުއާދު - ނަކަލު
- އެންމެ މޮޅު ސިނަމެޓޮގްރަފީ: ވިޝާލް އާމިރު އަހުމަދު - ނަކަލު
- އެންމެ މޮޅު އެޑިޓަރު: ވޭރިއަސް އާޓްސް - ނަކަލު
- ބެލުންތެރިންނަށް އެންމެ ކަމުދިޔަ ޑްރާމާ: ނަމަ، ވެމްކޯ
- ބެލުންތެރިންނަށް އެންމެ ކަމުދިޔަ އަންހެން އެކްޓަރު: އައިމިނަތު ޝިއުނާ - ނަމަ
- ބެލުންތެރިންނަށް އެންމެ ކަމުދިޔަ ފިރިހެން އެކްޓަރު: ނަސްރުﷲ އަހުމަދު - ނަމަ
ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހު ޓީވީ މޯލްޑިވްސްއިން ގެނެސްދެމުން ދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި މުބާރާތެކެވެ. އޮފީސް ޑްރާމާ މުބާރާތުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ތަރިން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ތަރިންގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރެ އެވެ.