ހަބަރު

ދެޖިންސުގެ ދަރިވަރުންނަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ރަށެއްގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ މެދު އަތޮޅުތަކުގެ ރަށެއްގައި ދެ ޖިންސުގެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފެންމަތިވެ އެ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނައުމާއެކު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު، އެނާ ލީޑިން ޓީޗަރެއްގެ ވަޒީފާ އަދާ ކުރާ ސްކޫލްގެ ގިނަ އަދަދެއްގެ އަންހެން / ފިރިހެން ކުދިން ތަކަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ވެގެން މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓް ކުރި ކަމަށެވެ. އަދި އެ ޓީޗަރު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާއަކީ 46 އަހަރު މީހެކެވެ.

ފުލުހުން ބުނީ، މި މިއްސަލަ އިިއްޔެ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.