މި އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގެ އިންފްލޭޝަން އުފުލިފައިވަނީ މިދިޔަ އެޕްރީލް މަހު އެވެ. މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.40 ޕަސެންޓުގެ މަތިވުމެއްގަ އެވެ. މިދިޔަ މެއި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.32 ޕަސެންޓު މަތީގަ އެވެ. މިދިޔަ މަހު މިވަނީ އިންފްލޭޝަން މަތިވުމަށް ކުޑަ މަޑުޖެހުމެއް އައިސްފަ އެވެ.
ތަފާސް ހިސާބު ބަލަހައްޓާ ގައުމީ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފައިވާ ގޮތުގައި މެއި މަހު އިންފްލޭޝަން ރޭޓް ހުރީ 0.32 ޕަސެންޓު މަތީގަ އެވެ. އެޕްރީލް މަހު އިންފްލޭޝަން ހުރީ 0.40 ޕަސެންޓު އެވެ. އަދި މަހުގެ އަގު ތަކަށް އައި ބަދަލު ނުލައި ބަލާނަމަ މެއި މަހުގެ އިންފްލޭޝަން ރޭޓް ހުންނާނީ 0.27 ޕަސެންޓުގަ އެވެ. މި އަދަދު ފާއިތުވި އޭޕްރީލް މަހު ހުރީ 0.62 ޕަސެންޓުގަ އެވެ.
އަގުތަކަށް އައީ ކޮން ބަދަލެއް؟
މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ އިންޖީނަށް އަޅާ ތެލާއި ލުބްރިކަންޓުގެ އެވެ. މިބައިގެ އިންފްލޭޝަން ވަނީ 4.59 ޕަސެންޓް ވަނީ މަތިވެފައެވެ. ދެން މަތިވެފައިވަނީ ކިރާއި ޗީޒް އަދި ބިހުގެ ބައިންނެވެ މިބައިން ވަނީ 6.24 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން މަހުގެ ބައިން 0.18 ޕަސެންޓް އަދި ކަރާސީނު ތެލުގެ ބައިން 0.33 ޕަސެންޓް މަތިވެފައިވެ އެވެ. މި ބާވަތްތަކުގެ އިތުރުން ގޯތި ގެދޮރުގައި ބޭނުން ކުރާ އެހެނިހެން (މޯޓަރު ފަދަ) ފަދަ އާލާތްތަކުގެ ބައިން ވެސް ވަނީ 4.44 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން މަތީ ތައުލީމާއި ފީ ގެ ބައިން 3.39 ޕަސެންޓް މަތިވެފައިވެ އެވެ. މީގެ އިތުރުން ގޭގެ ކުލީގެ ބައިން 0.15 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މީގެ އިތުރުން ކަނޑު ދަތުރުތަކުގެ ބައިން 0.60 ޕަސެންޓް މަތިވެފައިވެ އެވެ.
އަގު މަތިވުން ކުރުކޮށް:
- ލުބްރިކަންޓް 4.59
- ކިރާއި ޗީޒް 6.24
- މަސް 0.18
- ކަރާސީނު ތެޔޮ 0.33
- ގޯތިގެދޮރުގެ މޯޓަރު 4.44
- މަތީ ތައުލީމްގެ ފީ 3.39
- ގޭގެ ކުލި 0.15
- ކަނޑު ދަތުރު 0.60
މިދިޔަ މެއި މަހު އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ސިއްހީ ފަރުވާ އަށް ބޭނުންވާ ތަހުލީލަށް ބޭނުންކުރާ ބައެއް އާލާތްތައް ހިމެނެ އެވެ. ތަހުލީމް ހެދުމުގެ ބައިން 2.31 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. މީގެ އިތުރުން ތެރަޕިއުޓިކް (ނަމްބަރު އައިނާއި ލެންސް ފަދަ) ތަކެތީގެ އަގުތައް ވެސް ވަނީ 1.16 ޕަސެންޓު ދަށްވެދަ އެވެ. އަދި މޭވާގެ ބައިން ވެސް 0.97 ޕަސެންޓް ވަނީ ދައްވެފައިވެ އެވެ. އަދި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައިން 1.17 ޕަސެންޓް ދައްވެފައިވާއިރު، ތަރުކާރީގެ ބައިން 0.15 ޕަސެންޓު ދަށްވުމުގެ އިތުރުން ބޫޓާއި ފައިވާނުގެ ބައިން އަގުތައް ވެސް ވަނީ 0.49 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އަގު ދަށްވުން ކުރުކޮށް:
- ސިއްހީ ތަހުލީލް ހެދުން 2.31
- ނަމްބަރު އައިނާއި ލެންސު 1.16
- މޭވާގެ ބައި 0.97
- ސައި ހޮޓާ، ރެސްޓޯރެންޓް 1.17
- ތަރުކާރީ 0.15
- ބޫޓާާއި ފައިވާން 0.49
އަގުތަކަށް އައިސްފައިވާ ބަދަލު މިދިޔަ އަހަރު މެއި މަހާއި މި އަހަރުގެ މެއި މަސް އަޅާ ކިޔާނަމަ ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.