ހަބަރު

ލާމް ލިންކްގައި އެކްސިޑެންޓެއް ހިނގައި މަގަށް ގެއްލުންތައް ވެއްޖެ

ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ހަދާފައިވާ ލާމް ލިންކްގައި މިއަދު އެކްސިޑެންޓެއް ހިނގައި މަގުގެ ބްލޮކްސްތަކަށާއި ޑިވައިޑަރުތަކަށް ބޮޑެތިި ގެއްލުންތައް ލިބެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 6:25 ގައި އެ އެކްސިޑެންޓް ހިނގީ ކައްދޫ އިން ފޮނަދޫއަށް ދިޔަ ކާރެއް ލާމް ލިންކްގައި ހިމެނޭ ކޯޒްވޭއެެއްގެ އެއް ފަރާތުގައި ޖަހާފައި ހުންނަ ބްލޮކްސްތަކުގައި ޖެހި، ކަހާލައިގެނެވެ. މި އެކްސިޑެންޓް ހިނގި އިރު ކާރުގައި ދެ މީހުން ތިބިއްބެވެ.

އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ލިންކް ރޯޑްގެ ފަސް ބްލޮކް ވަނީ ނެއްޓިފަ އެވެ. އަދި ތިން ބްލޮކްސް މޫދަށް ވެއްޓިފައިވެ އެވެ. ޑިވައިޑަރުތަކުން ތިން ފޫޓުގެ ބައެއް ތަޅައިގެން ގޮސްފައިވެ އެވެ.