ހަބަރު

ލާމްލިންކްގައި އެކްސިޑެންޓެއްވެ ދެމީހަކަށް އަނިޔާ

ލާމު ލިންކް ރޯޑައި ދުއްވަމުން ދިޔަ ވޭނާއި ސައިކަލު ޖެހި އެކްސިޑެންޓް ވެފައި -- ފޮޓޯ: ޕޮލިސް
0%
0%
0%

ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑްގައި ދަތުރު ކުރަމުން ދިޔަ ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ފުލުހަށް މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:20 ހާއިރު އެވެ. އެ އެކްސިޑެންޓް ހިނގަމް މެދުވެރިވީ، އެ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުނަށް އެކި ވަރުގެ އަނިޔާ ލިބިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ސައިކަލު ދުއްވަން އިން ފިރިހެނަކާއި ފަހަތުގައި އިން އަންހެނެކެވެ. ދެ މީހުންގެ ހާލަތު ވެސް ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ވޭނަށާއި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

އޭރު ވޭން ދުއްވަން އިނީ 53 އަހަރުގެ ފިރިހެނެކެވެ. ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ އަތުގައި ވެސް އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345