ހަބަރު

ލާމު ލިންކްގައި އިތުރު އެކްސިޑެންޓެއް: ތިން މީހަކަށް އަނިޔާ

Jun 30, 2019
2
ލާމު ލިންކްގައި ހިނގި އެކްސިޑެންޓްގެ ތެރެއިން--
0%
0%
0%

ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ހަދާފައިވާ ލާމް ލިންކްގައި މިއަދު އިތުރު އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު ފޮނަދޫއިން ކައްދޫއަށް ދިޔަ ސައިކަލެއް ލާމް ލިންކްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެހާދިސާގައި މަޑުކޮށްގެން އިން ސައިކަލުގައި އިން 62 އަހަރާއި 58 އަހަރުގެ ފިރިހެން މީހާއަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި އަނެއް ސައިކަލްގައި އިން މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ތިން މީހުނަށް ގަން ރީޖަލަނަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގް ކުރަމުންނެވެ.

ލާމު ލިންކްގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިއަދު ހެނދުނު ވަނީ ކާރެއް ކޯޒްވޭއެެއްގެ އެއް ފަރާތުގައި ޖަހާފައި ހުންނަ ބްލޮކްތަކުގައި ޖެހި، ކަހާލާފަ އެވެ. އެ އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ލިންކް ރޯޑްގެ ފަސް ބްލޮކް ވަނީ ނެއްޓިފަ އެވެ. އަދި ތިން ބްލޮކްސް މޫދަށް ވެއްޓިފައިވެ އެވެ. ޑިވައިޑަރުތަކުން ތިން ފޫޓުގެ ބައެއް ތަޅައިގެން ގޮސްފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345