އެކްސިޑެންޓް

ލާމް ލިންކުގައި އެކްސިޑެންޓެއް: މީހަކަށް ސީރިއަސް އަނިޔާ

ލ. ލިންކު ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ލ. ގަން މުގުރިމަގު، ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޭނާއަށް ގަން ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.