ހަބަރު

ގަދަކަމުން ފްލައިޓަށް އެރި މީހާ ކޯޓުން ދޫކޮށްލައިފި

Jun 30, 2019
2

މިއަދު މާމިގިލި އެއާޕޯޓުގައި ފުރަން ތައްޔާރުވެފައިއޮތް ފްލައިޓަކަށް އަރައި، އަންހެނެއްގެ ކުޑަ ކުއްޖަކު އަތުލަން އުޅުނު މީހަކު ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހެނދުނު 10:18 ގައި ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް، އެއާސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ވަނީ ދުވެފައިގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލައިފަ އެވެ.

އެ ހާދިސާ ހިނގި ވަގުތު ސެކިޔުރިޓީ ޗެކްޕޮއިންޓުގައި އިން އޮފިސަރަށް އިޖާބަ ނުދީ ދުވެފައިގޮސް ބޯޓަށް އެރި މީހާ ފަހަތުން އެ އޮފިސަރު ގޮސް ވަނީ އެމީހާ ބޯޓުން ބާލުވައި ފުލުހުންނާ ހަވާލުކޮށްފައި އެވެ.

ނަމަވެސް، އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އެމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކތެރިކަމަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.