ހަބަރު

އަލިފާނުގެ ހާދިސާއެއް ހިނގައި، މާފަންނު ބަޔަކުން ކަރަންޓު ކެޑިއްޖެ

މާފަންނު ފީރޯޒު މަގުގައި ހުންނަ ކަރަންޓު ޑިސްޓްރިއުބިޝަން ބޮކްސްއެއްގައި އަލިފާން ރޯވެ، އެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ އެވެ.

ފުލުހުން ބުނީ ޑިސްޓްރިބިއުޝަން ފޮށީގައި ރޯވެފައި ވަނީ މިއަދު ހެނދުނު 10:24 ހާއިރު ކަމަށާއި ނަަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު އަލިފާން ނިއްވާލާފައިވާ ކަމަަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުން ކަރަންޓު ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ސްޓްލްކޯގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ އަދިވެސް އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަރަންޓު ދެވޭނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް ކާނިވާ ސަރަހައްދުގައި ޑިސްޓިއުބިޝަން ބޮކްސްއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ.