މޯލްޑިވްސް ޕޮލިސް ސާވިސް

ދުއްވާއިރު ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ވަގުތުން ފިޔަވަޅު އަޅަނީ

ސައިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުނާއި ދެކޮޅަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ފަހަކަށް އައިސް ސައިކަލް ދުއްވަމުން ފޯން ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ގަވާއިދާ ހިލާފު ކަންކަން ހުއްޓުވަން ޓްރެފިކް ޑިޕާޓްމެންޓުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އެފަދަ ފަރާތްތަކަށް ހޯދައި ވަގުތުން ފިޔަވަޅު އަޅާނެ އެވެ. ގަވާއދުގައިވާ ގޮތުގެ މަތިން ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު އަދި ފޯނުގެ ބޭނުން ކުރާނަމަ 750 ރުފިޔާގެ ޖޫރިމަނާ އެއް ކުރާނެ އެވެ.

ފުލުހުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން، ފާއިތުވި ހަފުތާ ތެރޭގައި ވެސް ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ދެ ފަރާތަކަށް ފިޔަވަޅު އަޅައިފަ އެވެ. އަދި ފޯން ބޭނުންކުރި 24 ފަރާތަކާއި މެދު ފިޔަވަޅު އަޅައިފައި ވެއެވެ.