ހަބަރު

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި

ފަސް މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި އެވެ.

"މަންޒިލް" ނަމަކަށް ކިޔާ ދޯނި މިރޭ އަރާފައިވަނީ، ގދ. ފަރެސްމާތޮޑާގެ އުތުރަށް އޮންނަ ފަރަކަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ. ދޯނި ފަރަށް އެރި އިރު، ތިން ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ފަރަށް އެރި ދޯންޏަކީ، ކޮން ރަށެއްގެ ދޯންޏެއް ކަމާއި ދޯނީގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް އެމްއެންޑީއެފުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.