ވިޔަފާރި

ވެކޭޝަން އެކްސްޕޯގައި މޯލްޑިވިއަން ހިލޭ ޗެންނާއީ ޓިކެޓު ދެނީ!

ދަރުބާރުގޭގައި ކުރިއަށްދާ "ވެކޭޝަންސް އެކްސްޕޯ" ގައި މޯލްޑިވިއަން އިން މިރޭ ޗެންނާއީ ދެކޮޅު ޓިކެޓު ހިލޭ ދޭނެ އެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި މިރޭގެ ނިޔަލަށް ކުރިއަށްދާ ވެކޭޝަން އެކްސްޕޯ ދެވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ތިން އިނާމެއް ވަނީ ދީފަ އެވެ. މޯލްޑިވިއަންގެ ސްޓޯލަށް ގޮސް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ވޭތުވެދިޔަ ދެ ދުވަހު ދީފައިވަނީ ފުވައްމުލަކާއި ތުލުސްދޫގައި ޗުއްޓީ ހޭދަ ކޮށްލުމަށް ޕެކޭޖެވެ.

މޯލްޑިވިއަން އިން ބުނީ މިރޭ އޮންނަ ގުރުއަތުލުމުގައި އިންޑިއާގެ ޗެންނާއީ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ދަނީ ހާއްސަ މުނާސަބަތުތަކާ ދިމާކޮށް ޕެކެޖުތައް ތައާރަފު ކުރަމުންނެވެ. އީދާ ދިމާކޮށް ބެންކޮން ފަދަ ދިވެހިން ގޮސްއުޅޭ މަންޒިލްތަކަށް ހާއްސަ އަގު ތަކެއްގައި ޓިކެޓު ވިއްކަ އެވެ.