ހަބަރު

މައިނާ ހޮޓެލްސް ގުރޫޕުން ހިޔާގެ ދެ ކުއްޖަކު ތަމްރީނު ކުރަނީ

ދަައުލަތުގެ ބެލުމުގެ ދަށުގައިި ކުޑަކުދިންގެ ހިޔާގައި އުޅޭ ދެ ކުއްޖަކު މައިނާ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރާ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.

އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނީ މައިނާ ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ހިންގާ އަނަންތަރާ މޯލްޑިވްސް ގަ އެވެ.

ރިސޯޓުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ އިތުރުން އޮންލައިން ކްލާސްތައް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިިންނަށް ހޮޓެލް ގްރޫޕުގެ ފަރާތުން ހޮސްޕިޓާލިޓީ ދާއިރާގެ ލެވަލް ތިނެއްގެ ސެޓްފިކެޓެއް ދޭނެ ކަމަށް ޖެންޑާ މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން، މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޖެންޑާ ފެމިިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އަނަންތަރާ ރިސޯޓުގެ ފަރާތުން ރާއްޖެ އަށް ލިބެނީ އިގްތިސާދީ ފައިދާ އެކަނި ނޫން ކަމަށެވެ. އަދި، އިޖުތިމާއީ ގޮތުން އެކި ފައިދާތައް ލިބޭ ކަމަށް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ މުހިއްމުކަން ފާހަގަކޮށް ވިދާޅުވީ، މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުދިންގެ މުސްތަގުބަލު ބިނާ ކުރުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.

މީގެ ކުރިންވެސް ހިޔާގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖެއް މި ޕްރޮގްރާމްގައި ބައިވެރިވެ ގްރެޖުއޭޓް ވެފައިވެ އެވެ.