ލައިފްސްޓައިލް

ބިޕާޝާއަށް ރާއްޖޭން ދަސްވީ "ގަރުދިޔަ"

Jul 26, 2015
0%
0%
0%

ރާއްޖޭގައި ތިބި ބިޕާޝާ ބާސޫގެ ފޭނުން ނަށް އޭނާ ހަމަ ލޮލަށް މިރޭ ފެނިއްޖެ އެވެ. ބޮލީވުޑްގެ ލޫޅާފަތި މި ތަރީގެ ފެނިލުމާއެކު އެތައް ބަޔަކު ހަޅޭ ލަވަމުން ދިޔައިރު ބިޕާޝާ މިވަނީ އޭނާ އަށް ރާއްޖޭން ދަސްވީ ހަމައެކަނި ބަސް ބުނެފަ އެވެ. އޭނާއަށް ދިވެހި ބަހުން ބުނަން ހަމައެކަނި އެނގެނީ ދިވެހިންގެ ކެއުމުގައި އެންމެ މަގުބޫލު އެއް ބާވަތް ކަމަށްވާ ގަރުދިޔަ އެވެ.

"އަހަރެން މިރޭ ކެއިން ގަރުދިޔަ،" މިހާރު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދާ ޝޯވްގައި ދިވެހި ސަޕޯޓަރުންނާ މުހާތަބުކޮށް ބިޕާޝާ ބުންޏެވެ.

މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ކުލަގަދަ ޝޯވްގައި ބިޕާޝާ އާއި އޭނާގެ ލޯބިވެރިޔާ ކަރަން ސިންގްގްރޯވާ ވަނީ ފެނިލާފަ އެވެ. ބިޕާޝާގެ ސީދާ ހަރަކާތެއް ސްޓޭޖް މަތިން ފެނިގެން ނުދިޔަ ނަމަވެސް ދިވެހި ފޭނުން ނަށް އޭނާގެ ހިތުގައި "މަގާމެއް އޮތްކަން" އޭނާ ވަނީ އަންގައިދީފަ އެވެ.

ސްޓޭޖް މަތީގައި ހުރި ޕްރެޒެންޓަރުގެ ސުވާލަށް ޖަވާބު ދެމުން އޭނާވަނީ ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އަހަރެން ބޭނުން ކޮންމެ މަހަކު ޗުއްޓީއަށް ރާއްޖެއަށް އަންނަން. ޗުއްޓީއަށް އައިސް މަސައްކަތް ކުރެވިދާނެ،" ބިޕާޝާގެ މެސެޖަކީ މިއީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910