ހަބަރު

"ބްރީތު ލައިފު" ކެމްޕޭން ލޯންޗް ކޮށްފި

ބްރީތު ލައިފް ކެމްޕޭން މިއަދު ލޯންޗު ކުރަނީ -- ފޮޓޯ: އެޗްޕީއޭ
0%
0%
0%

ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވާން ތައްޔާރު ކޮށްފައިވާ ނެޝަނަލް އެކްޝަން ޕްލޭނާއި އެ ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތައް، "ބްރީތު ލައިފް" ކެމްޕެއިންގެ ގޮތުގައި ލޯންޗު ކޮށްފި އެވެ.

ކެމްޕެއިންގެ އަމާޒަކީ ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމަކަށް ހެދުން -- ފޮޓޯ: އެޗްޕީއޭ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ވައި ނުސާފު ވާން ދިމާވާ ބައެއް ސަބަބުތައް ފާހަގަ ކުރައްވާފަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބޮޑެތި ފެކްޓަރީތައް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެއްޓަކީ ރައްކާތެރި މާހައުލެއް ނޫންކަން ފާހަގަކޮށް ވައި ނުސާފުވުމަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް އޭނާ އެދި ވަޑައިގެންނެވި އެވެ.

މިއަދު ފެށި ކެމްޕެއިންގެ ދަށުން، ބްރީތު ލައިފް އެކްޝަން ޕްލޭންގަައިވާ ކަންކަން ހާސިލް ކުރަން ޑަބްލިޔޫއެޗްއޯ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

މި ކެމްޕެއިންގެ އަމާޒަކީ، ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމަކަށް ހެދުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345