ގެއްލުން ދިނުން

ބަންގުލަދޭޝް ހައިކޮމިޝަންގެ ކާރަކަށް ގެއްލުން ދީފި

Jul 17, 2019
4

މާލޭގައި ހުންނަ ބަންގުލަދޭޝްގެ ހައިކޮމިޝަންގެ ކައިރީގައި ޕާކްކޮށްފައި އޮތް ހައި ކޮމިޝަނުގެ ޑިޕްލޮމެޓިކް ކާރަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ އިރު އޮއްސުނު ވަގުތު ބަންގުލަދޭޝް ހައި ކޮމިޝަންގެ ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގެ ފަހަތު ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށެވެ.

އެއީ ހައި ކޮމިޝަނުގެ ކާރެއްކަން ފުލުހުން ސާފުކޮށްދީފައި ނުވި ނަމަވެސް އެ ކާރަކީ ހައި ކޮމިޝަނުގެ ކާރެކެވެ. އަދި އެ ކާރަކީ ބޭނުން ނުކޮށް އޮތް އާ ކާރެކެވެ.

ބަންގުލަދޭޝް ހައި ކޮމިޝަން ހުންނަނީ ކޮއިމަލާ ހިނގުމުގައި ހުންނަ އުފުރިޔާގަ އެވެ.