ފިނިޕޭޖް

ޗުއްޓީއަށް ފަހު ޝާހު ފުރައިފި

ޗުއްޓީ ހޭދަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ބޮލީވުޑްގެ ސުޕަ ސްޓާ ޝާހްރުކް ޚާން ފުރައިފި އެވެ.

ޝާހު ރާއްޖެއިން ފުރަމުން ވަނީ މާލޭގެ މަލަމަތި އަރާ ގޮތަށް ވީޑިއޯއެއް ކޮށްފަ އެވެ. އަދި ޓްވީޓު ކުރަމުން ލިޔެފައިވަނީ ރާއްޖެ ދޫކޮށް ދާން ޖެހޭތީ ދެރަވާ ކަމަށެވެ. ޗުއްޓީ ހޭދަ ކުރި ޖުމެއިރާ ވިޓަވެލި ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު ވެސް އަދާކޮށްފައި ވެ އެވެ.

ޝާހުރުކް ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު އެވެ. ޝާހު ރާއްޖެ އައިކަން އެނގުނީ ވެލާނާ އެއާޕޯޓްގައި ހަގު ދަރިފުޅު އަބުރާމް އަތުގައި ހިފައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ. އެ ފޮޓޯތަކުން އޭނާ ދޮށީ ދެ ކުދިން ކަމަށްވާ ސުހާނާ އާއި އާރްޔަން ވެސް ފެނެ އެވެ.

އޭނާ ޗުއްޓީ ހޭދަކުރީ ޖުމެއިރާ ވިޓަވެލި ރިސޯޓުގަ އެވެ.