ހަބަރު

ސިފައިންގެ ޝަރަފުގެ ހިނގާލުން ހޮނިހިރު ދުވަހު

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މި އަހަރު މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. ފަހަކަށް އައިސް އެ ހިނގާލުން އެހެން ރަށްރަށުގައި ބާއްވާފައި ވެއެވެ.

އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 4:30 ގަައެވެ، އެ ހިނގާލުން ކުރިއަށް ދާނީ ސިފައިންގެ މައި މަރުކަރުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހަމައަށެވެ.

ޝަރަފުގެ ހިނގާލުމުގައި މާލޭގެ ފަސް ސަރަހައްދެއްގައި މަޑު ކުރާނެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ ކައިރީގަ އާއި ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި އާއި މާފަންނު ސަހަރާ ކުރިމައްޗެވެ.