ބޭންކް އޮފް މޯލްޑިވްސް

ޝަރީފުގެ މައްސަލަ ބަލަން ފަށައިފި

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި: އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުން ފޮނުވި މައްސަލަ ފުލުހުން ބަލަން ފަށައިފި -- ފޮޓޯ: މަޖިލިސް
50%
0%
50%

ބޭންކް އޮފް މޯލްޑިވްސް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ކޮމިޓީއަށް މައުލޫމާތު އޮޅުވާލެއްވި ކަމަށް ތުހުމަތުކޮށް މަޖިލީހުން ފޮނުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޝަރީފަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އަދި ޝަރީފު ހާޒިރު ކުރައްވާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި ބީއެމްއެލްގެ އިހުމާލުތަކާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ތިއްބަވާ މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތު ކުރެވުނެވެ. އަދި އޭނާ މަޖިލީހަށް އޮޅުވާލައްވާފައިވާ ކަން މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޗެކުތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާ ކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށް ޝަރީފް ވަނީ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ.

ކޮމިޓީގެ އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންގެ ސުވާލުތައް އަމާޒު ކޮށްފައި ވަނީ އެމްއެމްޕީއާރުސީން ބޭންކަށް ދީފައިވާ ބޯޑު ރިޒޮލިއުޝަނާ ހިލާފަށް އެންޑޯޒްކޮށްފައިވާ ޗެކުތައް އެހެން އެކައުންޓުތަކަށް ޖަމާކޮށް ދެމުން ދިޔަ މައްސަލާގަ އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ ބައްދަލުވުމުގައި ޗެކު އެންޑޯޒްކޮށްފައިވާ މައްސަލާގައި ބީއެމްއެލްއިން އަމަލު ކޮށްފައި ވަނީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް ޝަރީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ޖަމާކުރުމަށް އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް އެ ބޭންކުން ޖަމާކޮށްދީފައިވާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތަކަކީ އެ ޗެކްގައި އޮންނަ ނަން ފިޔަވައި އެހެން އެކައުންޓަކަށް ޖަމާ ނުކުރެވޭނެ ޗެކްތަކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުގައިވާ ގޮތުން ބީއެމްއެލް އާއި އެހެން ބޭންކެއްގެ "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް ފޮނުވާފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިނގައިދިޔަ ދުވަސްވަރުގެ އެ ޗެކްތައް ބޭންކުން ޖަމާކޮށްދީފައި ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ންސީމް

ޢެއިރަކު ސަރުކާރަކުތިބޭވެރިންބުނާގޮތް ހަދަންޖެހޭ އެހެންވީމަ ޝަރީފުވެސް ކުރަންވީކަމަކީ އަންނިގެ ބަސްއެހުން ބުނަންވީ އެއީ ޔާމީން އާއި އަދީބްގެ އޯޑަރައް ބެންކްއިންކުވީކަމައް މަޖުބޫރުކޮއްގެންނޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345