ޓެކްނޯލޮޖީ

ޒޫމް ކުރެވޭ ލެންސް އުފައްދައިފި

އައިނު އެޅުމުގެ ބަދަލުގައި ބޭނުން ކުރާނެ ލެންސު ހެދުމުން އެ ވެގެން ދިޔައީ އެތައް ބަޔަކަށް ފަސޭހަ ކޮށްދިން އިންގިލާބީ އީޖާދަކަށެވެ. ސައިންޓިސްޓުންގެ އެފަދަ އުފެއްދުންތަކުން ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުން ހާމަ ވެއެވެ. މިހާރު އުފައްދާފައި މިއޮތީ ވެސް ހީވެސް ނުކުރާ ކަހަލަ ތަފާތު އެއްޗެކެވެ.

ކެލިފޯނިއާގެ ސެންޑިއޭގޯ ޔުނިވާސިޓީގެ ސައިންޓިސްޓުން ވަނީ ޒޫމް ކުރެވޭ ލެންސެއް ގެނެސްދީފަ އެވެ. މި ޓީމުގެ އެ މަސައްކަތް "ވިލޭ އޮންލައިން ލައިބްރަރީގެ" "އެޑްވާންސްޑް ފަންކްޝަނަލް މެޓީރިއަލްސް" ގައި މި މަހު 16 ގައި ވަނީ ޝާއިއުކޮށްފަަ އެވެ.

މި ލެންސުން ދެ ފަހަރަށް ލޯ މަރާލުމުން ނުވަތަ އެސްފިޔަ ޖަހާލުމުން ޒޫމް ކުރާނެ އެވެ. ލެންސް ހަދާފަައި ވަނީ ލޮލުގެ ހަރަކާތެއް ކަހަލަ އިލެކްޓްރޯނިކް ސިގްނަލެއް ކުރުމުން އެއަށް ރެސްޕޯންޑު ކުރާ ދެމޭ ޕޮލިމާ ފިލްމުންނެވެ. މި ހަރަކާތަށް ކިޔަނީ "އިލެކްޓްރޯކިއުލޮގްރަފިކް ސިގްނަލްސް" އެވެ.

"ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ގިނަ މީހުންނަށް ނިދީގައި ވެސް ލޮލުގެ ހަރަކާތްްތައް ކުރެވޭނެ، އަދި މީގެ އިލެކްޓްރޯކިއުލޮގްރަފިކް ސިގްނަލްސް ދެވޭނެ" ލެންސް ހެދުމުގެ ލީޑް ރިސާޗާ ޑރ. ޝެންގިއަންގް ވިދާޅުވި އެވެ. އެނާ އިންޓަވިއު ދެއްވާފައި ވަނީ ސައިންސް އާއި ޓެކްގެ ހަބަރުތައް ގެނެސްްދޭ "ނިއު ސައިންޓިސްޓް" މެގަޒިން އަށެވެ.

މި ލެންސުންް ޒޫމް ކުރެވެނީ ކިހާވަރަކަށް ކަމެއް ވެސް އަދި ލެންސް ރަސްމީކޮށް ބާޒާރަަށް ނެރޭނެ ދުވަހެއް އަދި ހާމަ އެއް ނުކުރެ އެެވެ.

ޒޫމް ކުރެވޭ މި ލެންސު އާޓިފިޝަލް ބޮޑީ ޕާޓެއްގެ ގޮތުގައި އަދި އަމިއްލައަށް އެޖެސްޓް ކުރެވޭ އައިނާއި ރޮބޮޓުތަކުގައި ވެސް ބޭނުން ކުރަން އުއްމީދު ކުރާ ކަމަށް ލެންސު އުފެއްދި ކެލިފޯނިއާގެ ސައިޓިސްޓުން އުންމީދު ކުރެ އެވެ.