ގދ. ނަޑެއްލާގައި ސައިކަލަކާއި އެމްބިއުލަންސެއް ޖެހި އެކްސިޑެންޓުވެ މީހަކަށް ސީރިއަސް އަނިޔާތައް ވެއްޖެ އެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ ބަލި މީހަކު ސީ އެމްބިއުލަންސަށް އަރުވަން އެ މީހާ ގޮވައިގެން ދަތުރުކުރި އެމްބިއުލަންސުގައި ސައިކަލަކުން ޖެހިގެނެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 12:30 ހާއިރު ނަޑެއްލާގެ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދުގަ އެވެ.
މި އެކްސިޑެންޓުގައި ޖެހުނު ސައިކަލު ދުއްވަން އިނީ ދުއްވުމުގެ ލައިސަންސް ނެތް ދިވެއްސެކެވެ. އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ސީ އެމްބިއުލަންސްގައި ރޭ އާނާ ވެސް ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެމްބިއުލާންސް ދުއްވަން އިން މީހާއަށް އަނިޔާއެއް ނުވެއެވެ.