ހަބަރު

ތިނަދޫއަށް އުދަ އަރައިފި

ގދ. ތިނަދޫއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ތިނަދޫ ކައުންސިލުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި، މިއަދު މެންދުރުން ފަށައގެން އުދައިގެ އަސަރު ކުރަމުން ދިޔަ ކަމަށެވެ. އަދި، އުދަ އެރުމުން ޖެޓީ ސަރަހައްދުގައި ހުރި ރެސްޓޯރަންޓުތަކާއި ފިހާރަތަކާ ހިސާބަށްވެސް ކޮންމެވެސް ވަރަކަށް އަސަރު ކޮށްފަައިވާ ކަމަށް މައުލޫމާތު ދިނެވެ.

"ތާރު އަޅާފަައި އޮތް މަގެއް ވީމަ ވަރަށް ބޮޑަށް ފެންގަނޑު ހެދިފައި އޮތީ،" ތިނަދޫ ކައުންސިލުން ބުންޏެވެ.

އިތުރަށް ބުނީ، ތިނަދޫއަކީ ބޭރުތޮށްޓެއް ހަދާފަައި އޮތް ރަަށަކަށް ނުވުމުން އޭގެ އަސަރު ފެންނަ ކަމަށާއި އުދައަރަމުން އަންނަ ކަން މިހާރު ޑިޒާސްޓާ މެނޭޖްމަންޓް އަށްވެސް އަންގާފަައިވާނެ ކަމަށެވެ.

މިއީ ބޮޑު ދިޔައިގެ ދުވަސްވަރަށްވުމުން ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމުގެ ހާދިސާތައް މިދުވަސްވަރު ގިނަ އެވެ.