ހަބަރު

މުލީގައި މަރުވި އަންހެނެއްގެ މައްސަލަ ފުލުހުން ބަލަނީ

Aug 5, 2019

މ. މުލީގައި މިއަދު ހަވީރު މަރުވި އަންހެނެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޭވާ ނުލާތީވެ، މިއަދު ހަވީރު މުލީ ހޮސްޕިޓަލަށް ގެންދިޔަ 29 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން މުލީ ހޮސްޕިޓަލަށް ފުލުހުން ގޮސް މައްސަލަ ބަލަމުންދާ ކަަމަށެވެ. ފުލުހުން އެމައްސަލަަ ބަލަމުންދާ ސަބަބާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.