ހަބަރު

ވަގަށް ބަނބުކެޔޮ ކަނޑަން އުޅެނިކޮށް ވެއްޓި އަނިޔާވި މީހާ މާލެ ގެންނަނީ

މިދިޔަ ބުދަ ދުވަހު ހދ. ކުޅުދުއްފުށީގެ މީހުން ނޫޅޭ ގެއެއްގައި ހުރި ބަނބުކެޔޮ ގަހަކުން ވަގަށް ބަނބުކެޔޮ ކަނޑަން އުޅެނިކޮށް ވެއްޓި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ވަގަށް ބަނބުކެޔޮ ކަނޑަން އުޅެނިކޮށް އަނިޔާވީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި، އަނިޔާވި މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް މިހާރު މާލެ އަށް ގެންނަނީ ކަމަށްވެސް ބުނެފައިވެ އެވެ.

އެމީހާގެ ވައްކަމުގެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.