ކުށްކުރުން

ފާމަސީއެއް ފަޅާލައި، ފައިސާ އާއި ބޭސްތަކެއް ވަގަށް ނަގައިފި

މާމެންދޫ ފާމަސީ- ޕާމަސީ ރޭގެ ވަގުތެއްގައި މިތަނުން ވަނީ ވައްކަން ކޮށްފަ
0%
0%
0%

ގއ. މާމެންދޫ ހުންނަ އެސްޓީއޯ ޕާމަސީގެ ދޮރު ހަލާކުކޮށްގެން ވަދެ އެތަނުން ލެޕްޓޮޕްކާއި، ފައިސާތަކެއްގެ އިތުރުން ބޭސްތަކެއް ނަގައިފި އެވެ.

މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިއްޔެ ހެދުނު 9:15 އެހާކަންހާއިރު އެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅުނު ދުވަހުގެ ހަވީރު 4:10 އެހާކަންހާއިރު ރަށު ކައުންސިލާ ގުޅިގެން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ލެޕްޓޮޕް ހޯދާފައިވާ ކަމަށެވެ.

ރޭ ދަންވަރު ވެސް ވަނީ ޕްރައިވެޓް އޮފީހެއްގެ ދޮރާއި ބިއްލޫރި ގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފަ އެެވެ. މި މައްސަލައިގައި ހިމެނޭ ދެ މީހުން ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރު ކުރީ އެވަގުތު މާލޭ ޕެޓްރޯލް ކުރަމުން ދިޔަ ވިލީ ދެ ފުލުހުންނެވެ. މި މައްސަލައިގެ ހިމެނޭ ދެމީހުން ވައްކަން ކޮށްގެން ފިލަން އުޅެނިކޮށް ނުކުމެވުނީ ފުލުހުންގެ ކުރިމައްޗަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345