މޯލްޑިވްސް ޕޮލިސް ސާވިސް

މާމެންދޫ ފާމަސީން ލެޕްޓޮޕް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފާމަސީން ވަގަށް ގެންދިޔަ ލެޕްޓޮޕް- މި ވައްކަމުގެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފަ
0%
0%
0%

ގއ. މާމެންދޫގައި ހުންނަ އެސްޓީއޯ ޕާމަސީގެ ދޮރު ހަލާކުކޮށްގެން ވަދެ އެތަނުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، ފާމަސީން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ، 26 އަހަރުގެ މީހެއް ކަމަށެވެ.

ލެޕްޓޮޕެއްގެ އިތުރުން ފާމަސީން ވަނީ ރުފިޔާތަކަކާއި ބޭސްތަކެއް ވެސް ވަގަށް ގެންގޮސްފަ އެވެ.

މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިއްޔެ ހެނދުނެވެ. ލެޕްޓޮޕް ފުލުހުން ހޯދާފައިވަނީ އިއްޔެ ހަވީރު އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެވެ.

ރޭ ދަންވަރު މާލޭގައި ހުންނަ ޕްރައިވެޓް އޮފީހަކުން ވައްކަން ކުރި ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345