ހަބަރު

ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާ މަރުވެއްޖެ

Aug 14, 2019
3

ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެހި ހައްޖުވެރިޔާ މިރޭ މަރުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ، 38 އަހަރު، މިނާ ޓެންޓްގައި ހުއްޓައި ސްޓްރޯކެއް ޖެހިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެންދިޔައީ މިނާ އަލްވާދީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު މިރޭ ވިދާޅުވި ގޮތުގައި، ސިމާ މަރުވީ ކޯމާގައި މިރޭ އިރުއޮއްސުނު ވަގުތުގަ އެވެ. އޭނާ ކޯމާގައި އޮތުމުން، އޭނާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔައީ ލައިފް ސަޕޯޓް ސިސްޓަމްގަ އެވެ.

އެނގިފައިވާ ގޮތުގައި، ސީމާ މި އަހަރުގެ ހައްޖު އަޅުކަން ކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔައީ އޭނާގެ ފިރިމީހާއާ އެކުގަ އެވެ.