ހަބަރު

މަސްތުވާތަކެއްޗާއެކު ލަންކާއިން އައި ދިވެއްސަކު ހައްޔަރުކޮށްފި

Aug 16, 2019

ސްރީލަންކާއިން މަސްތުވާތަކެއްޗާއެކު އައި ދިވެއްސެއް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިއަދު ލަންކާއިން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭތީވެ، އޭނާގެ ލަގެޖްތައް ބަލާ ފާސްކުރިއިރު މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ. އަތުލައިގެންފައިވަނީ 1.5 ކިލޯގެ ހެރޮއިން ކަމަށާއި އޭގެ އަގަކީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ކަމަށެވެ.

މަސްތުވާތަކެއްޗާއި އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.