ވިޔަފާރި

ރެޑްވޭވުން އަގު ހެޔޮ އައުޓްޑޯ ފަރުނީޗަރު ތައާރަފުކޮށްފި

ރެޑްވޭވް އިން އައުޓްޑޯ ފަރުނީޗަރުގެ އަގު ހެޔޮ ރޭންޖް ތަކެއް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.

ރެޑްވޭވް ކުންފުނިން ބުނީ މި ފަރުނީޗަރު ރެޑްވޭވް ލިވިން ފިހާރަ އިންނާއި ހުޅުމޭލޭގެ ރެޑްވޭވް މެގަމޯލުން ލިބެން ހުންނާނެ ކަމަށެވެ. ޕްލާސްޓިކް އައުޓްޑޯ ފަރުނީޗަރުގެ ތިރީހަށް ވުރެ ގިނަ ވައްތަރުތައް ތައާރަފުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ބުނީ މި ފަރުނީޗަރު ތަކަކީ ކެފޭ އާއި ރެސްޓޯރަންޓް އަދި ރިސޯޓްތަކާއި ގެސްޓްހައުސް ތަކަށް ހާއްސަ ފަރުނީޗަރުގެ ރޭންޖް ތަކެއް ކަމަށާއި މި ފަރުނީޗަރު ގިނަ އަދަދަކަށް ގަންނަ ފަރާތްތަކަށް ހާއްސަ ރޭޓް ތަކެއް ދޭނެ ކަމަށެވެ.

ރެޑްވޭވްގެ އަމާޒަކީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު އަދި ކަސްޓަމަރުން ބޭނުންވާނެ ފަރުނީޗަރު ރާއްޖެ އިން ލިބޭނެ މަގު ފަހި ކޮށްދިނުމެވެ.