ހަބަރު

ހީމޮފީލިއާ ގުޅޭ ވޯކްޝޮޕެއް އައިޖީއެމްއެޗުގައި ފަށައިފި

"ވޯލްޑް ފެޑަރޭޝަން އޮފް ހީމޮފީލިއާ ނެޝަނަލް ކޮއެގިއުލޭޝަން ލެބޯޓަރީ" ވޯކްޝޮޕެއް އައިޖީއެމްއެޗުގައި ފަށައިފި އެވެ.

ހީމޮފީލިއާއަކީ ގުދުރަތީ ގޮތުން އުފެދުމުގައި ވެސް ލޭ މަނާ ކުރުމަށް ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އުނިވެ، ލޭ މަނާ ވުމަށް އުނދަގޫތަކެއް މަގުފަހިވާ ބައްޔެކެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ލެބޯޓްރީ މުވައްޒަފުންނަށް މިކަމާ ގުޅުންހުރި ކަންތައްތައް ދިރާސާ ކުރާނެ ގޮތްތައް ކިޔައިދެވޭނެ އެވެ.

އެ ހޮސްޕިޓަލުގައި ހީމޮފީލިއާއަށް ޓެސްޓް ކުރަން ފަށަން ނިންމާފަައިވާއިރު މި ބައްޔާގުޅޭ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމާއި ބަލިމީހާގެ ލޭގެ ސާމްޕަލް ނުވަތަ ބަލިމީހާ ރާއްޖެއިން ބޭރަށް ނުފޮނުވައި ކުރީބައިގައި މި ބަލި ދެނެގަނެ ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ވެސް ވޯކްޝޮޕްގައި ކުރިއަށްގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.