ހަބަރު

ޓެކްސީއަކުން ވައްކަން ކުރަން އުޅެފި

އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ޓެކްސީ އަކުން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރު ކުރީ ޓެކްސީގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ނައްޓާލައިގެން ވަދެ ޓެކްސީ ތެރޭގައި އިންދާ، މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެން ކަމަށެވެ.

ރޭ މެންދަމު 2:30 ގައި ހައްޔަރު ކުރި މީހާ ބަލައި ފާސް ކުރި އިރު ކަށިގަނޑަކާއި ކަޓަރެއް އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.