ވިޔަފާރި

ރާއްޖެއިން ރަނގަޅު ވިޔަފާރިއެއް ލިބޭ: ހަރީ އެންޑް ކޯ

ރާއްޖެ އިން ވަރަށް ރަނގަޅު ވިޔަފާރިއެއް ލިބިމުންދާ ކަމަށް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިންޑިއާގެ އެއް ކުންފުނި ކަމަށްވާ ހަރީ އެންޑް ކޯ އިން ބުނެފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ބިލްޑްއެކްސް މޯލްޑިވްސްގައި އަވަސްއަށް ވާހަކަ ދައްކަވަމުން ރާއްޖެއަށް ފިޔާ، އަލުވި އަދި ބިސް އެންމެ ގިނަ އިން އެތެރެކުރާ އެއް ކުންފުނިން ކަމަށްވާ ހަރީ އެންޑް ކޯ އިންޓަނޭޝަނަލް އެކްސްޕޯޓްގެ މާކެޓިން މެނޭޖަރު ޓީ. ރަވީ ޕޮނަޕަން ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ވިޔަފާރި ކުރާތާ 30 އަހަރުވެފައިވާއިރު، ރާއްޖެއަކީ ރަނގަޅު މާކެޓެއް ކަމަށެވެ.

"ހިލަ އާއި ހިލަ ވެލި އަދި ފްލައިވުޑަ ފަދަ ބާވަތްތައް ވެސް ރާއްޖެއަށް އެތެރެ ކުރަން. މި ބާވަތްތަކަށް ވެސް ރަނގަޅު މާކެޓެއް ރާއްޖެ އިން ލިބޭ. ހަމައެކަނި އިންޑިއާގައި އުފައްދާ އުފެއްދުންތައް އެކަންޏެއް ނޫން. ކަސްޓަމަރު ބޭނުންވެއްޖެ ހާލަތެއްގައި ތުރުކީ އާއި މެލޭޝިއާ ފަދަ ގައުމު ތަކުން ވެސް ބައެއް ބާވަތްތައް ރާއްޖެ އެތެރެ ކުރަން،" ރަވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން އިންޑިއާ އިން ކުކުޅު ބިސް ފަދަ ބާވަތްތައް އެތެރެކުރަން 400 ޓަނުގެ ކުދި ބޯޓު ފަހަރު ރާއްޖެ އާއި އެ ގައުމާ ދެމެދު ބޭނުންކުރާ ކަމަށެވެ. އަދި ބިލްޑްއެކްސް މޯލްޑިވްސްގެ ސަބަބުން ވިޔަފާރި އިތުރަށް ފުޅާ ކުރަން މަގުފަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށް ރަވީ ވިދާޅުވި އެވެ.