އޮޑިޓަ ޖެެނެރަލް އޮފީހުން މޯލްޑިވްސް އެކައުންޓަންޓުންގެ ފޯރަމް އެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އަކީ، ރާއްޖޭގައި އެކައުންޓެންސީ ޕްރޮފެޝަން ތަރައްގީކޮށް ކުރިއެރުވުމުގެ މަގުސަދުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން އިސް ނަގައިގެން 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެއް ކަމަށް އެ އޮފީހުން ބުނެ އެވެ.
މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ދަރުބާރުގޭގަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި، ވިޔަފާރިވެރިންނާއި އެކައުންޓެންޓުންނާއި އޮޑިޓަރުންގެ އިތުރުން، މިދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކުން ބައިވެރިވާނެ އެވެ.
ފޯރަމްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މާހިރުންނާއި ތަޖުރިބާކާރުންގެ ހުށަހެޅުންތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތަކެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ އަދި އެ ދާއިރާ އިން ކިޔަވާ ކުދިންނަށް މި ފޯރަމްގައި ހިލޭ ބައިވެރިވުމަށް ވަނީ ހުޅުވާލާފަ އެވެ. އޮޑިޓް އޮފީހުގެ http://www.accountantsforum.mv މެދުވެރިކޮށް ރަޖިސްްޓްރީ ކުރެވެ އެވެ.