ފޭރުން

ބިދޭސީއެއްގެ ފޯނާއި އަތްދަބަސް ފޭރި ގަތް މީހަކު ހައްޔަރުކޮށްފި

Aug 25, 2019

މާލޭގައި ބިދޭސީ އަންހެނެއްގެ ފޯނާއި އަތް ދަބަސް ފޭރި ގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު އިރު އޮއްސި 6:40 ގައި ފާށަނާކިލޭގެ މަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ފޯނާއި އަތް ދަބަސް ފޭރި ގަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ދިވެހި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.