ބޮލީވުޑް

ސަލްމާންގެ "އިންޝާﷲ" ރިލީޒް ޑޭޓް ފަސްކޮށްފި

ސަލްމާން ޚާނާއި އާލިއާ ބަޓް ފުރަަތަމަ ފަަހަރަށް އެކުގައި ފެންނަ ފިލްމު "އިންޝާ ﷲ" ގެ ރިލީޒް ޑޭޓް ފަސްކޮށްފި އެވެ.

ސަންޖޭ ލީލާ ބަންސާލީ އުފައްދާ މި ފިލްމު ރިލީޒް ކުރާނެ ތާރީހަކަށް އެންމެ ފުރަތަމަ ދީފަައިވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. މި ތާރީހު ފަސް ކުރިކަން ސަލްމާން ޓްވީީޓު މެދުވެރިކޮށް ބުނެފައިވާއިރު އާ ތާރީހެއް ހާމަ އެއް ނުކުރެ އެވެ.

ސަލްމާންގެ ޓްވީޓު -

ލޯބީގެ މި ފިލްމުގައި ސަލްމާން ފެންނާނީ އެމެރިކާގައި ދިރިއުޅޭ ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ރޯލުން ކަމަށް ބޮލީވުޑް ހަބަރުތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ. ފިލްމުގެ ފުރިހަމަ ކާސްޓެއް އަދި ހާމައެއް ނުކުރެ އެވެ.

ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން، ހިންދުސްތާން ޓައިމްސްއަށް ބަންސާލީ ދިން އިންޓަވިިއުގައި ބުނެފައިވަނީ، ސަލްމާން އާއެކު މަސައްކަތް ކޮށްފައިވާ "ހަމް ދިލްދޭ ޗުކޭ ސަނަމް" އާއި "ޚާމޯޝީ" އަދި "ސާވަރިޔާ" އަށްފަހު އަނެއްކާވެސް އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

"އިންޝާﷲ"ގެ ލީޑު ތަރި އާލިއާ ބަޓްގެ ރޯލު ޔަގީންވުމުން ކުރި ޕޯސްޓު --

ބަންސާލީ ބުނި ގޮތުގައި މި ފިލްމުގެ މަސައްކަތް ފިލްމު "ޕަދްމާވަތު" ގެ ކުރިން ފަށާފައި ވެއެވެ. ނަމެވެސް، ފިލްމު ލިޔެ ފައިނަލް ވުމުން ސަލްމާން ކައިރިއަށް ގޮސް ފިލްމު ހުށަހެޅީ އެވެ އަދި، މި ފިލްމަކީ އޭނާގެ 10 ވަނަ ފިލްމަށްވެފަައި ފިލްމު ފުރިހަމައަށް ގެނެސްދޭން ބޭނުންވާ ކަމަށްވެސް ބުންޏެވެ.

މިދިޔަ އަހަރު ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް އާއެކު ގެނެސް ދިން "ޕަދުމާވަތު" އަށް ފަހު، ބަންސާލީ ބެލުންތެރިންނަށް ގެނެސްދޭ "އިންޝާﷲ" ސިނަމާތަކަށް ގެންނަން ޝޫޓިން ވެސް ވަނީ ފަށާފަ އެވެ. ފިލްމުގެ ޝޫޓިން ފެށީ އެމެރިކާ އިންނެވެ.